މުލީ ބަނދަރު މަޝްރޫޢު: މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުން

މުލީ ބަނދަރު މަޝްރޫޢު: މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުން

މ.މުލީ ބަނދަރު ޒަމަނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާ މިހާރު ކުރިއަށްދާ މަސައްކަތަކީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކަށް ބަލާއިރު ބަނަދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ %35 މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 33،888 އަކަމީޓަރުގެ ސަރަޙައްދެއް ފުންކުރާނެއެވެ. އަދި 6،254 އަކަމީޓަރުގެ ސަރަޙައްދެއްގެ ނެރުގެ ގޮތުގައި ފުންކުރާނެއެވެ. 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 89 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެއެވެ.

މިއީ 61.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. 18 މަސްދުވަހުގެތެރޭގައި މިމަޝްރޫޢުގެ މަސައްކަތް ނިންމަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *