އިޙްޔާ ފޯރަމް: އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭ: ޑރ. ޢަބްދުއްސައްތާރު

އިޙްޔާ ފޯރަމް: އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭ: ޑރ. ޢަބްދުއްސައްތާރު

Author
ޢަލީ އާދަމް
27 މާރޗް 2023 06:11
0

މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށް ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.

"މަރާއި މަރުހިއްޕެވުން" މި މައުޟޫޢަށް އާދިއްތަ ދުވަހުގެ ރޭ އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެކަމަށެވެ.

އިންސާނުން ދުނިޔެއަށް އަންނަ ގޮތަށް ބައްލަވައި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ. އިންސާނާ މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެކަމަށާއި އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކުކަމަށް ވިދާޅުވިއެވެ.

މަރުވާ ހިނދު އިންސާނާ ތަޙައްމަލްކުރަންޖެހޭ ތަކުލީފުތަކަށް ބައްލަވަމުން ދަރަންޏަކީ އިންސާނާއަށް ސުވަރުގެ ނުވަދެވޭ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާގޮތަށް ޢަމަލުތައްކުރުމަށް ޑރ ޢަބްދުއްސައްތާރު ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.