ޖެނުއަރީ މަހު އެކަނިވެސް 47 މަޝްރޫޢަކަށް ގްރީން ފަންޑުގެ އެހީ

ޖެނުއަރީ މަހު އެކަނިވެސް 47 މަޝްރޫޢަކަށް ގްރީން ފަންޑުގެ އެހީ

ގުޅުންހުރި

މިދިޔަ ޖެނުއަރީ މަހު އެކަނިވެސް 47 މަޝްރޫޢަކަށް ގްރީން ފަންޑުން އެހީވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެއީ ޖުމުލަ 74.8 މިލިޔަން ރުފިޔާއެވެ.

ޖެނުއަރީ މަހު ގްރީން ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ މަޝްރޫޢުތަކުގެތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާއާއި ގޮނޑުދޮށް ޙިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކެވެ. ޖެނުއަރީ މަހު ގްރީން ފަންޑުން އެންމެ ގިނައިން ހޭދަކޮށްފައިވާ މަޝްރޫއުތަކަށް ބަލާއިރު 5 ރަށަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް 10.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ހޭދަކުރުމަށް، ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްގެ މައްޗަށް އެކުލެވޭ ފަންޑެވެ.

ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 100.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ