ޔޫކުރެއިން ހަނގުރާމައަށް އެއް އަހަރު
ޑޮނެސްކު ރީޖަންގެ ބަޚުމޫޓުގަ, ޖެނުއަރީ 11, 2023ގައި ޔޫކުރެއިން ސިފައިންގެ މީހަކު ރަޝިއާގެ ފައުޖުތަކަށް މޯޓަރު ހަމަލާއެއް ފޮނުވާލަނީ
ޑޮނެސްކު ރީޖަންގައި ފާދިރީން ދިރިއުޅޭ އިމާރާތަކަށް 4 ޖެނުއަރީ 2023ގައި ހަމަލާތައް އަމާޒުވެ ފުނޑުފުނޑުވެފަ
ޑޮންބަސް ރީޖަންގައި, ގަދަ ސްނޯގައި ޔޫކުރެއިންގެ ހަނގުރާމަތީ ޓޭންކަރެއް, ފެބްރުއަރީ 18, 2023ގައި ދުއްވާފައި ދަނީ
ޑޮނެސްކް ރީޖަންގެ ފްރޮންޓް ލައިންގައި ޔޫކުރެއިން ސިފައިންގެ މީހަކު, ފެބްރުއަރީ 18, 2023 ގައި
ޔޫކުރެއިންގެ ޚާސަން ސިޓީގައި ހުރި ޓެލެވިޒަން އެންޓެނާއަކަށް ރަޝިއާގެ މިސައިލް ހަމަލާއެއް އަމާޒުވެ ވެއްޓިފައި, 20 ފެބްރުއަރީ 2023
ޑޮނެސްކް ރީޖަންގެ ވުކްޑަރ ޓައުން, ހަނގުރާމާގައި މުޅިން ވީރާނާ ވެފަ, އޭރިއަލް ވިއު, 10 ފެބްރުއަރީ 2023
ބަޚުމޫޓުގެ ފްރޮންޓް ލައިންގަ, އަލިފާން ނިއްވާމީހުން ހަރަކާތްތެރިވަނީ, 2 ޖެނުއަރީ 2023
ޔޫކުރެއިންގެ ކޮލްޗިވްކާ ޓައުންނުން ކަރަންޓް ކެނޑިފަ, 1 ފެބްރުއަރީ 2023
ކުރިސްޓިއަނުން, ބިންގަރާހެއްގައި ރައްކާތެރިވެ ތިބެ އަޅުކަން ކުރަނީ, 7 ޖެނުއަރީ 2023
ޑޮނެސްކު ރީޖަންގައި ކުޑަ ކުއްޖަކު ބިމުއަޑީގެ ބިންގަރާހެއްގައި ރައްކާތެރިވެގެން, 25 ޖެނުއަރީ 2023
ޚާސަން ރީޖަންގައި, ޔޫކުރެއިން ސިފައިން, އެމެރިކާއިން ފޯރުކޮށް ދީފައިވާ ހަތިޔާރެއް ކަމުގައިވާ M777 howitzer އެއް, ހަމަލާ ދިނުމަށް ތައްޔާރު ކުރަނީ, 9 ޖެނުއަރީ 2023
ޔޫކުރެއިން ސިފައިން އަތުލައިގެންފައިވާ ރަޝިއާގެ ހަނގުރާމަތީ ޓޭންކަރެއް, 20 ފެބްރުއަރީ 2023
ހަނގުރާމަ އެންމެ ބޮޑަށް ހިގަމުންދާ ސަރަހައްދު ކަމުގައި ބަޙުމޫޓްގެ ކައިރި ސަރަހައްދެއްގައި ލޭންޑް މައިން ހުރި ސަރަހައްދެއް ވަކިކޮށްފައި, 18 ފެބްރުއަރީ 2023
ޑޮނެސްކް ރީޖަންގެ ޓައުނެއް ކަމުގައިވާ ސިވާސްގެ ހަގެއްގެ ދަށުގައި, މަރުވެފައިވާ ރަޝިއާގެ ސިފައިންގެ ހަށިގަޑުތައް, ޖެނުއަރީ 28, 2023
ރަޝިއާގެ ބަކިންސްކަޔާ ވިލެޖްގައި, އެގައުމުގެ ވަގްނާ ގުރޫޕުގެ, މަރުވެފައިވާ ކުލީ ސިފައިންގެ ގަބުރުސްތާނެއް, 22 ޖެނުއަރީ 2023
ޔޫކުރެއިންގެ ޑުނިޕްރޯގެ އެޕާޓްމަންޓް ބިލްޑިންގއަކަށް ރަޝިއާއިން ދިން ހަމަލާތަކަކަށްފަހު, އެމަޖެންސީ ފަރާތްތަކުން ހަރަކާތްތެރި ވަނީ, 15 ޖެނުއަރީ 2023
ޔޫކުރެއިންގެ ޑުނިޕްރޯގެ އެޕާޓްމަންޓް ބިލްޑިންގއަކަށް ރަޝިއާއިން ދިން ހަމަލާތަކަކަށްފަހު, އެމަޖެންސީ ފަރާތްތަކުން މީހަކު ސަލާމަތް ކުރަނީ, 16 ޖެނުއަރީ 2023
ޔޫކުރެއިންގެ ޑުނިޕްރޯގެ އެޕާޓްމަންޓް ބިލްޑިންގއަކަށް ރަޝިއާއިން ދިން ހަމަލާތަކަކަށްފަހު, އެ އިމާރާތުގެ އެޕާޓްމަންޓެއްގެ ބަދިގެއަށް ހަމަލާ އަމާޒުވެފަ, 15 ޖެނުއަރީ 2023
ބަޚުމޫޓުގެ ފްރޮންޓް ލައިންގައި ހަނގުރާމަ ހިނގާ ސަރަހައްދަކުން ކުޑަކުއްޖަކު ސަލާމަތް ކޮށްގެން ގެންދަނީ, 31 ޖެނުއަރީ 2023
ޔޫކުރެއިންގެ އިޒިއުމްގެ ސްނޯ ފީލްޑެއްގައި, ހަލާކުވެފައިވާ ހަނގުރާމަމަތީ ޓޭންކެއް, 12 ފެބްރުއަރީ 2023
މަރުވެފައިވާ, ރަޝިއާ ސިފައިންގެ މީހެއްގެ ހަށިގަޑު, ސްނޯގައި ވަޅުލެވިފައި ވަނިކޮށް, ޔޫކުރެއިންގެ ކުރިލްވިކާ ސިޓީގައި, ޔޫކުރެއިން ސިފައިންގެ މީހަކު ނަގަނީ, 12 ޖެނުއަރީ 2023
ޔޫކުރެއިން ޚާސަންގެ އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި, 20 ފެބްރުއަރީ 2023
ޔޫކުރެއިންގެ ވެރިރަށް ކީވްގެ ރަށްބޭރުގައި އޮންނަ ބޮރޮޑިންކާ ޓައުންގައި, އަންހެން ކުއްޖަކު, ރަޝިއާގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައިވާ އޭނާގެ އެޕާޓްމަންޓްގެ ބޭރުގައި ބުޅަކަށް ބަލަހައްޓައިގެން
ޑޮނެސްކް ސަރަހައްދުގެ ފްރޮންޓް ލައިންގައި, ޔޫކުރެއިން ސިފައިންގެ މީހަކު ޑްރޯންއެއް ހިފައިގެން, 17 ފެބްރުއަރީ 2023
ޑޮނެސްކް ސަރަހައްދުގެ ފްރޮންޓް ލައިންގައި, އާރޓިލަރީއަކުން ހަމަލާ ދެނީ, 18 ފެބްރުއަރީ 2023
އަންހެނަކު މަރުވެފައިވާ މީހެއްގެ ޖަނާޒާގައި, އިރުމަތީ ޔޫކުރެއިންގެ ކާކިވްގެ ފްރޮންޓް ލައިންގައި ހުރި ގަބުރުސްތާނެއްގައި, 16 ފެބްރުއަރީ 2023
11 ފެބްރުއަރީ 2023ގައި މަރުވި ޔޫކުރެއިން ސިފައިންގެ މީހެއްގެ މަންމަ, ފައްޅިއެއްގެ ބޭރުގައި ހިތާމަ ފާޅުކުރަނީ
ރަޝިއާގެ ހަމަލާތަކުގައި ހަލާކުވެފައިވާ ޚާސަންގެ ޝޮޕިންގ މޯލްއެއްގެ އެތެރޭގައި އަލިފާން ނިއްވާ މީހަކު ހިގާފައި ދަނީ, 3 ފެބުރުއަރީ 2023
ޑޮންބަސްގެ ފްރޮންޓް ލައިންގައި, ދެކުނުން އޮންނަ ޑްރުޒްބާގައި ހަދާފައިވާ ބިންގަރާހެއްގައި ޔޫކުރެއިންގެ ސިފައިންގެ މީހަކު ހުއްޓިލައިގެން, 18 ފެބްރުއަރީ 2023
ޔޫކުރެއިންގެ ޒެޕޮރިޒިއާގައި އެއަރ ރެއިޑް ސައިރަންގެ އަޑާއެކު, ރައްކާތެރިކަން ހޯދުމަށް ކުޑަކުދިންތަކެއް ބޮންބް ޝެލްޓަރެއްގައި ރައްކާތެރިކަން ހޯދައިގެން, 17 ޖެނުއަރީ 2023
ޔޫކުރެއިންގެ ހުޅަނގު އުތުރުން އޮންނަ ޚާސަންގެ ޕޮސާޑް-ޕޮކްރޯވްސްކް ވިލެޖުގައި ޔޫކުރެއިން ރައްޔިތަކު, ހަމަލާތަކުގައި ހަލާކުވެފައިވާ އޭނާގެ ގޭގައި އުށްބައްތީގައި, 30 ޖެނުއަރީ 2023
ކޮމެންޓު ފޮނުވާ