މިދިޔަ މަހު ޑޮލަރުގެ ޢާމްދަނީއަށް ކުރިއެރުމެއް!

މިދިޔަ މަހު ޑޮލަރުގެ ޢާމްދަނީއަށް ކުރިއެރުމެއް!

Author
ޢަލީ އާދަމް
13 ފެބްރުއަރީ 2023 09:19
0

ފަތުރުވެރިކަމުގެ ހައި ސީޒަނާއެކު މިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރުގެ ޢާމްދަނީއަށް އިތުރު ކުރިއެރުމެއް ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު މިއަހަރު މިމުއްދަތުގައި ލިބުނު ޢަމްދަނީ ވަނީ %33އަށް ކުރިއަރާފައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު 112 މިލިޔަން ޑޮލަރު ވަނީ ދައުލަތަށް ޢާމްދަނީގެގޮތުގައި ލިބިފައެވެ. މިދިޔަ އަހަރަށް ބަލާއިރު މިމުއްދަތުގައި އެއަހަރު ލިބިފައިވަނީ 74 މިލިޔަން ޑޮލަރެވެ.

ޑޮލަރުގެ ޢާމްދަނީއަށް ބަލާއިރު އެންމެބޮޑު ޢާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. އެއީ 79 މިލިޔަން ޑޮލަރެވެ. އެހެނިހެން ދާއިރާތަކަށް ބަލާއިރު އިންކަމް ޓެކްސްއިން 7  މިލިޔަން، ގްރީން ޓެކްސްއިން 6.5 މިލިޔަން، ޑިޕާޗާ ޓެކްސްއިން 5.6 މިލިޔަން، އެއާޕޯޓް ޑިވްލޮޕްމަންޓް ފީން 5.8 މިލިޔަން، ޓޫރިޒަމް ކުލިން 6.5 މިލިޔަން، ޑޮލަރުން ލިބިފައިވެއެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.