އިރާނުގެ ރައީސް ހަސަން ރޫހާނީ

އީރާނާއި އެމެރިކާއަށް ކުރީގެ ހާލަތަށް އާދެވިދާނެ: ރޫހާނީ

އީރާނާއި އެމެރިކާއަށް ކުރީގެ ހާލަތަށް އާދެވިދާނެ: ރޫހާނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އެމެރިކާއާއި އިރާނަށް، ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ކުރީގެ ހާލަތަށް އައުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅު ވެއްޖެއެވެ.

އީރާނުގެ ޓީވީން ލައިވްކޮށް އެގައުމުގެ ކެބިނެޓާއި ބައްދަލު ކުރައްވަމުން، ރޫހާނީ ވިދާޅުވީ، އަންނަމަހު ހުވާ ކުރެއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާ އިންތިޚާބީ ރައީސް ޖޯ ބައިޑްގެ ސަރުކާރުގައި އިޚްލާސްތެރިކަމާ، ކެރުމާއި ހިތްވަރު ހުރެއްޖެނަމަ، ބައިޑްންގެ ވެރިކަމުގައި އެމެރިކާ-އީރާންގެ ގުޅުން ފެނިގެން ދާނީ ވަރަށް ތަފާތު ގުޅުމެއްގެ ގޮތުގައެވެ.

"އިރާންއާއި އެމެރިކާއާއި ދެގައުމަށް މިއަދުވެސް އެބަސް ވެވިދާނެ، 2021 ވަނަ އަހަރުގެ 20 ވަނަ ދުވަހު ދެގައުމުގެ ގުޅުން އޮންނާނެ ހާލަތަކާއި ގުޅޭގޮތުން" ރޫހާނީ ވިދާޅުވިއެވެ.

އެހެންނަމަވެސް، ރޫހާނީ ވަނީ، ކުރިޔަށް އޮތްތަނުގައި އީރާނުން އުއްމީދު ކުރާ، އަދި ޖޯ ބައިޑްންއާ ދޭތެރޭ އެގައުމުން ދެކޭގޮތްވެސް ހާމަ ކޮށްދެއްވާފައެވެ.

"އަހަރުމެން އުއްމީދު ކުރަނީ، އެންމެ ފުރަތަމަވެސް، އެމެރިކާގެ ވަޑައިގަންނަވަން ހުންނެވި ރައީސް، ފާއިތުވެދިޔަ ތަނުގައި ޓަރަމްޕް އީރާނާމެދު ގެންގުޅުއްވި ނާއިންސާފު ސިޔާސަތުތައް ކުރެއްވި ކުރައްވާނެ ކަމަށް" ޓްރަންޕް އިރާނާމެދު ގެންގުޅުއްވާފައި ވަނީ އިންސާނިއްޔަތާއި ޚިލާފު އަދި ޓެރަރިޒަމަށް ވާގިވެރިވާ ސިޔާސަތުތަކެއް ކަމުގައި ވިދާޅުވަމުން ރޫހާނީ ވިދާޅުވެފައި ވެއެވެ.

އަދި ބައިޑްންގެ ސަރުކާރުން، ޖެހިވަޑައިގަންނަވާނީ، ޓްރަމްޕްގެ ސަރުކާރުނެ ހެދި ގޯސްތައް ރަގަޅު ކުރައްވަން ކަމުގައިވެސް ރޫހާނީ ވިދާޅުވިއެވެ. އެހެންނަމަވެސް، ރަަގޅު ކުރައްވަންވީ ޓަރަމްޕްގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކުގެ ތެރެއިން ކޮން ސިޔާސަތުތަކެއްކަމެއް ރޫހާނީ ވިދާޅުވަފައެއް ނުވެއެވެ.

ޓްރަމްޕްގެ ދައުރުގައި އޭނާ އަބަދުވެސް ވިދާޅުވަމުން ގެންދެވީ، އިރާނާމެދު އޭނާގެ ސަރުކާރުން ގެންގުޅެމުން އައީ ވަރަށް ސާފު ސިޔާސަތެއް ކަމުގައެވެ. އެއީ "އީރާނުން މޭރުން ކުރި ގޮތަކަށް މޭރުން" ކުރުން ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ 2018 ވަނަ އަހަރުގެ މޭއި މަހު، އެމެރިކާ ހިމެނޭގޮތުން ދުނިޔޭގެ ބާރުތަކުން 2015 ވަނަ އަހަރު އެކުލާލާ އަމަލުކުރަމުން އައި ނިއުކުލިއަރ އެއްބަސްވުމުން އެމެރިކާ ބޭރުކޮށްފައެވެ. އަދި މީގެކުރި ދުވަހަކުވެސް އިރާނާ ދެކޮޅަށް އެގައުމުން އަޅާފައި ނުވާވަރުގެ ހަރުކަށި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން އިރާނާ ދެކޮޅަށް އެޅިއެވެ.

މިފިޔަވަޅުތައް އެންމެ ވަރުގަދަ ކޮށްފައިވަނީ، ކޯވިޑް19ގެ ހާލަތު އިރާނުގައާއި އަދި މެދުއިރުމަތީގަވެސް އެންމެ ގޯސްވެގެން ދިޔަ ދަޑިވަޅުގައެވެ. މިހާތަނަށް އިރާނުގައި ކޯވިޑް19 ޖެހިގެން 50،000 މީހުން ވަނީ މަރުވެފައެވެ.

އީރާނުން ބުނަމުން އައިސްފައިވަނީ، ޓަރަމްޕްގެ ދައުރުގައި އޭނާ ގެންގުޅެފައިވާ އީރާނަށް "އެންމެ މަތީ ޕްރެޝަރ" ކުރިމަތި ކުރުވުމުގެ ސިޔާސަތަކީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ހިންގާފައިވާ "އިގްތިސާދީ އަދި ސިއްޙީ ޓެރަރިޒަމް"ގެ އަމަލެއް ކަމުގައެވެ. އަދި އީރާނުން ބުނެފައިވަނީ ދެން އަންނަ އެމެރިކާގެ ސަރުކާރަކުން މީގެ ބަދަލު އިރާނަށް ދައްކަން ޖެހޭނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.