ތަކެތީގެ އަގު ބޮޑުވަނީ ހަމައެކަނި ޖީއެސްޓީއާ ހެދިއެއް ނޫން: މަވޯޓާ

ތަކެތީގެ އަގު ބޮޑުވަނީ ހަމައެކަނި ޖީއެސްޓީއާ ހެދިއެއް ނޫން: މަވޯޓާ

ރާއްޖޭގެ ބަޒާރުގައި މުދަލާއި ތަކެތީގެ އަގު ބޮޑުވަމުން ދަނީ ހަމައެކަނި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުވެގެން ނޫންކަމަށާ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތައްވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތުތައް ދިފާޢުކުރައްވައި ވާހަކަފުޅުދައްކަވާ މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާނަމަ އެކަމުގެ އަސަރު ރާއްޖޭގެ ބާޒާރަށްވެސް ކުރާނެކަމަށެވެ. އެއީ ހަމައެކަނި ޖީއެސްޓީއާ އެކަނި ގުޅޭ ކަމެއް ނޫންކަމަށެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުންފެށިގެން ޖީއެސްޓީ ބޮޑުވުމާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ. އަދި ބައެއް ބާވަތްތައް އާދަޔާ ޚިލާފަށް އަގުބޮޑުވެ ޢާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން މުދަލާއި ޚިދުމަތުގެ އަގު ބޮޑުކޮށްފައިވަނީ ޖީއެސްޓީ ބޮޑުވި މިންވަރުން ބޮޑުކުރަންޖެހޭ މިންވަރަށްވުރެ މާބޮޑަށްކަމަށް ބައެއް ޢާންމުންނާއި އިޤްތިޞާދީ ބޭފުޅުންވެސް ވިދާޅުވެއެވެ.

މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ރާއްޖޭގެ ޢާންމު ޓެކްސް ވަނީ ބޮޑުވެފައެވެ.

މުދަލާއި ޚިދުމަތުގެ އަގުންނަގާ ޓެކްސް، ޖީއެސްޓީޢާއި، ޓޫރިޒަމް ދާއިރާގެ ޓެކްސް، ޓީޖީއެސްޓީ ވަނީ ޖެނުއަރީ 1އިން ފެށިގެން ބޮޑުކޮށްފައެވެ. ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8އަށް ވަނީ ބޮޑުކޮށްފައެވެ. ޓެކްސް ބޮޑުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށައެޅި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ މިދިޔަ މަހުއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީވެސް ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ. އެ ފިޔަވަޅުތައް ނާލައިފިނަމަ އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ލަފާކުރެވޭކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިކަހަލަަ ނުވިސްނޭޭ މީހުންް ކަންކަމައްް ހޮވުންް އަޅުގަޑުމެންގެެ އިހުމާލު

Leave a Reply

Your email address will not be published. Required fields are marked *