ބައިޑްގެ ކެބިނެޓް މުހިންމު މަގާމްތަކަށް އައްޔަން ކުރައްވާފައިވާ ޖޭކް ސުވިލިއަން އާއި، ލިންޑާ ތީމަސް-ގްރީން ފީލްޑްއާއި އަދި އެންތަނީ ބިލްކަން

އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އެމެރިޔާގެ އިންތިޚާބީ ރައީސް ޖޯ ބައިޑްން ހޯމަ ދުވަހު އޭނާގެ ކެބިނެޓްގެ ޚާރިޖީ ގުޅުންތަކާ އަދި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިންމު މަގާމްތަކެއް އިއުލާން ކުރައްވައިފިއެވެ.

މިގޮތުން ބައިޑްންވަނީ އެމެރިކާގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެގައުމުގެ ޖާސުސީ އިދާރާގެ އިސްވެރިޔަކަށް އަންހެން ބޭފުޅަކު ހަމަޖަސަވާ އަދި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ އިސްވެރިޔަކަށް ލެޓިނޯ ދަރިކޮޅުގެ އަންހެން ބޭފުޅަކު ހަމަޖައްސަވާފައެވެ.

ޑިޕާންޓްމަން އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިޔަކަށް ހަމަޖެއްސެވި، އެ ޑިޕާާޓްމަންޓުގެ ކުރީގެ ސެކެޓްރީ، ކިއުބާއަށް އުފަން، އަލްޖެންޑްރޯ މަޔޯކަސްގެ އެންމެ މުހިންމު ޒިންމާއަކަށް ވެގެންދާނީ، އިމިގްރޭޝަނާއި ގުޅުހުން ކަންކަމުގައި ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ބަދަލުކޮށް އެ އޭޖެންސީ ނަގާ ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތެވެ.

އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރ ކަމުގެ މަގާމަށް ޓްރަމްޕް ހަމަޖެއްސެވި އަވްރިލް ހެއިންސް އަށް އެގައުމުގެ ސެނެޓުން ރުހުން ދީފިނަމަ، އެމަގާމް އަދާކުރާނެ އެންމެ ފުތަމަ އަންހެން ބޭފުޅާގެ ގޮތުގައި އޭނާ އެމެރިކާގެ ތާރީޚުގެ ތެރެއަށް ވަދެގެންދާނެއެވެ. ހެއިްންސް މީގެ ކުރިން ވަނީ ސީއައިއޭގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ވަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒްރުގެ ނާއިބެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ބައިޑްންގެ ކެބިނެޓް އެތުރެމުންދާ ގޮތުގެ ތަފްސީލްތައް

ބައިޑްއަކީ ނިންމެވުންތައް ނިންމެވުމުގައި ވަރަށް ރަގަޅަށް ބައްލަވާ، އަދި ލަސް ބޭފުޅެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރާ ބޭފުޅެކެވެ. އެހެންނަމަވެސް، ސަރުކާރު އެކުލަވާލުން އަވަސްކުރަން ޖެހިފައިވަނީ، އިންތިޚާބުގެ ހަގީގަތް އޮޅުވާލާ، މުޅި އިންތިޚާބާ ގުޅޭގޮތުން ޓްރަމްޕް ދައްކަވަމުން ގެންދަވާ ތަސައްވުރު ބަދަލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގިފައިވާ ގޮތުގައި އެމެރިކާގެ މާލީ ވުޒާކަމުގައިވާ ޓެރެޜަރީ ޑިޕާންޓްމަންޓް ބަލައްހައްޓަވަން ބައިޑްން ހަމަޖައްސަވާނީވެސް އަންހެން ބޭފުޅެއްކަމުގައިވާ ޖެނެޓް ޔެލެންއެވެ. އެކަމަނާ މިމަގާމަށް އައްޔަން ކުރެވިއްޖެނަމަ ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ޓެރެޜަރީ ސެކެޓްރީއަކަށް އައްޔަން ކުރެވިގެންދާނެ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. ބެލެވޭ ގޮތުގައި މިއީ ތަފާތު ފަންނުތަކާއި އަދި ދެޖިންސުންވެސް ބޭފުޅުން ކެބިނެޓަށް ލައްވާނެ ކަމަށް ބައިޑްން ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ ގޮތުން ހަޖައްސަވާ މަގާމްތަކެކެވެ.

ބައިޑްން ކެބިެނެޓަށް އައްޔަން ކުރައްވަން ހޯމަ ދުވަހު އިއުލާން ކުރެއްވި އެހެން މަގާމްތަކުގެ ތެރޭގައި، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓުގެ މަގާމަށް އައްޔަން ކުރެއްވި، ބައިޑްންގެ ފޮރިންގ ޕޮލިސީ އެޑްވައިޒަރ އެންތަނީ ބިލްކަން އާއި، ޔޫއެންއަށް ހަމަޖައްވާ އެމްބެސެޑަރ ކަމުގެ މަގާމަށް އައްޔަން ކުރައްވާ ލިންޑާ ތޯމަސް-ގްރީންފީލްޑް ހިމެނެއެވެ. ބައިޑްންް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއްގެ މަގާމަށް ހަމަޖެއްސެވީ، ޖޭކް ސުލްވަންއެވެ.

މަސްރަހު ދިރާސާ ކުރާ ފަތާތްތަކުން ހާމަކުރާ ގޮތުގައި، ބައިޑްގެ ކެބިނެޓަށް އައްޔަން ކުރުމަށް ނިންމަވާފައިވާ ފަރާތަކުން ހާމަވެގެންދަނީ، އެމެރިކާގެ ކުރިޔަށް އޮތް ދައުރުގައި ބައިޑް މަސައްކަތް ކުރައްވަން ބޭނުންފުޅު ވެވަޑައިގެންފައި ވަނީ، އެމެރިކާގެ ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ހުރި ފަރާތްތަކާ އެކީގައި ކަމެވެ. މިގޮތުން ބައިޑްވަނީ އޭނާގެ ތިމާވެއްޓާބެހޭ ހުރިހާ ސިޔާސަތެއް ހިންގާ ބެލެހެއްޓުމަށް އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓު ޖޯން ކެރީ އައްޔަން ކުރެއްވުމަށްވެސް ނިންމަވާފައެވެ.

ޖޯން ކެރީ 2016 ވަނަ އަހަރު ޕެރިސް އެގްރީމަންޓުގައި ސޮއި ކުރައްވަނީ

ޖޯން ކެރީއަކީ، މަޝްހޫރު ޕެރިސް ކްލައިމެޓް އެއްބަސްވުން ހަގީގަތަކަށް ހެދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ފަރާތެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ މިއެއްބަސްވުމުން ވަކިވެވަޑައިގެންފައެވެ. އެހެންނަމަވެސް އެމެރިކާ އަލުން މިއެއްބަސްވުމާއި ގުޅުމަކީ ބައިޑްންގެ ރިޔާސީ މުހިންމު ވައުދެކެވެ. ކެރީ އަކީ، ރިޔާސީ ޕްރައިމަރީއަށްފަހު، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިޑްން އުފެއްދެވި “ޔުނުޓީ ޓާސްކް ފޯސް”ގެ ކޯ ޗެއަރ އެއްގެ މަގާމްވެސް ބާނީ ސޭންޑާރސްއާއި އެކު އަދާކުރެވި ފަރާތެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.