އިޒްރާއިލްގެ ބޮޑުވަޒީރުގެ ސިއްރު ދަތުރުފުޅެއް ސައުދީ އަރަބިއާއަށް

އިޒްރާއިލްގެ ބޮޑުވަޒީރުގެ ސިއްރު ދަތުރުފުޅެއް ސައުދީ އަރަބިއާއަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދޫ ވަލީ އަހުދު މުހައްމަދު އާއި ބައްދަލު ކުރުމަށްޓަކާ ސިއްރު ދަތުރުފުޅެއް ސައުދީ އަރަބިޔާއަށް ކުރައްވައިފި ކަމަށް އިޒްރާއީލްގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.

ފްލައިޓް ޓްރެކިން ޑޭޓާތައް ދައްކާގޮތުން އިޒްރާއީލުގެ ބޮޑުވަޒީރު ކުރިން ބޭނުން ކުރައްވާފައިވާ ޖެޓެއް ވަނީ ރެޑްސީގެ އައްސޭރީގައި އޮންނަ ސައުދީ އަރަބިއާގެ ސިޓީއެއް ކަމުގައިވާ ނިއޯމަށް ދަތުރު ކޮށްފައެވެ.

އިޒްރާއީލުން މިހާތަނަށް މިމައުލޫމާތު ކަށަވަރު ކޮށްދީފައި ނުވިހަމަވެސް، އިޒްރާއީލުގެ މިނިސްޓަރަކުވަނީ އެގައުމުގެ ފޮރިން މިނިސްޓްރީން އޭނާއަށް އެމައުލޫމާތު ލިބިފައި ވާކަމަށް ވިދާޅުވެ، ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

މިޚަބަރުތައް ކަށަވަރު ކުރެވިއްޖެނަމަ، މިބައްދަލުވުން ވެގެންދާނީ ޒަމާންވީ ދުޝްމަންކަމެއް އޮތް މިދެގައުމުގެ ލީޑަރުންގެ މެދުގައި ސީދާގޮތުން ބޭއްވިގެންދާނެ އެންމެ ފުރަތަމަ ބައްދަލުވުން ކަމުގައެވެ. ފަހަކަށް އައިސް އެމެރިކާއިން ދަނީ މިދެގައުމުގެ ދެމެދުގައި ގުޅުން ގާއިމްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕް ވަނީ އިޒްރާއީލާ، އަރަބި ބައެއް ގައުމުތައް ކަމުގައިވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް، ބަހުރެއިން އަދި ސޫދާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް މިމަސައްކަތް ކާމިޔާބު ކުރައްވާފައެވެ.

އެމެރިކާގެ މިމަސައްކަތްތަކަށް ސައުދީން ވަނީ މަރުހަބާ ކިޔާފައެވެ. އެހެންނަމަވެސް، އެގައުމުން ބުނެފައިވަނީ، ސައުދީން އިޒްރާއިލާ ސިޔާސީ ގުޅުން ގާއިމް ކުރާނީ، ފަލަސްތީނާ އިޒްރާއީލް ސުލްހަ ކުރެވުނު ދުވަހަކުން ކަމުގައެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ބައެއް ފަރާތްތަކާ ހަވާލާދީ، އިޒްރާއިލުގެ ގައުމީ ޓީވީންނާ އަދި އެނޫން ބައެއް މީޑިއާތަކުންވެސް ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނަތަންޔާހޫއާ އިޒްރާއީލުގެ ޖާސޫސީ އިދާރާ މޮސާދުގެ ވެރިޔާ ޔޮސީ ކޯހެން އާދީއްތަ ދުވަހު ހަވީރު ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓު ޕޮމްޕެއޯގެ ހާޒިރުގައި ސައުދީ ވަލީ އަހުދު މުހައްމަދުއާއި ބައްދަލު ކޮށްފައެވެ.

މިބައްދަލުވުން ބޭއްވިފައިވަނީ، ސައުދީ އަރަބިއާގެ ޓުއަރިޒްމް ސިނާއަތުގެ މައި ރަށެއްކަމުގައިވާ، އަދި ޓެކްނޮލޮޖީގެ ގޮތުންވެސް ކުރިއަރާފައިވާ ސިޓީއެއް ކަމުގައިވާ ނިއޯމްގައެވެ. މިރަށް އޮންނަނީ، ސައުދީ އަރަބިއާގެ ދެކުނުން ރަތް ކަނޑުގެ އައްސޭރިފަށުގައެވެ. އަދި އިޒްރާއީލުގެ އެންމެ ދެކުނުން ފެށިގެން މި ސިޓީއާދެމެދުގެ ދުރުމިނަކީ 70 ކިލޯ މީޓަރެވެ.

FlightRadar24.com ގެ ޑާޓާތަކަށް ބަލާއިރު،  Gulfstream IV ޖެޓު ވަނީ އިޒްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓުން އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އުދުއްސައިގެންފައެވެ. އަދި މެ ޖެޓް ދަތުރު ކޮށްފައިވަނީ، މިސްރުގެ ސިނާއީ ޕެނިންސޫލާގެ އިރުމަތީ އައްސޭރިފަށުން ދެކުނަށްގޮސް، ސައުދީ އަރަބިއާގެ ހުޅަގުން އޮންނަ ރަތްކަޑުގެ އައްސޭރިފަށާ ދިމާލަށެވެ.

މި ޖެޓު ނިއޯމްގައި ޖައްސާފައިވަނީ ޖިއެމްޓީ ގަޑިން 18:30 ގައެވެ. އަދި ފްލައިޓް ރާޑަރގެ ޑޭޓާތައް ދައްކާގޮތުން 21:50 ވަންދެން މި ޖެޓް އެރަށުގައި އޮތެވެ.

އިޒްރާއީލުގެ މީޑީއާތައް ބުނާގޮތުން މި ޖެޓްއަކީ އިޒްރާއީލުގެ ވިޔަފާރި ވެރިއެއްކަމުގައިވާ އުދީ އޭންޖްލްގެ ޖެޓެކެވެ. މީގެކުރިންވެސް، އިޒްރާއީލުގެ ބޮޑުވަޒީ ބެންޖަމިން ނަތަންޔާހޫ ވަނީ ބޭރު ގައުމުތަކަށް ދަތުރު ކުރެއްވުމުގައި މިޖެޓް ބޭނުން ކުރައްވާފައެވެ.

އިޒްރާއީލުގެ ކެބިނެޓުން މިބައްދަލުވުމާ ބެހޭ މައުލޫމާތު އާންމު ކޮށްފައި ނުވިނަމަވެސް، ކެބިނެޓް މިނިސްޓަރެއް ކަމުގައިވާ ޒީވް އެލްކިން ވަނީ މިޖެޓުގައި ސައުދީ އަރަބިޔާއަށް ދަތުރުކުރި ކަމަށް ވިދާޅުވެފައެވެ.

ސައުދީ ސަރުކާރުގެ މީޑިއާއިންވަނީ އެގައުމުގެ ވަލީއަހުދު މުހައްމަދު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓު ޕޮމްޕެއޯއާ އާދީއްތަ ދުވަހު ބައްދަލު ކުރައްވާފައި ވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ބައްދަލުވުމުގައި، ނަތަންޔާހޫ ބައިވެރިވިކަމުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މިހަފްތާގައި ބޭއްވުނު ދުނިޔޭގެ އެންމެ މުއްސަދި ގައުމުތަކުގެ ސަމިޓުގެ ހަވާސާގައި، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސައުދީ ފޮރިންގ މިނިސްޓަރ ވިދާޅުވެފައިވަނީ، އެގައުމުން އިޒްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމަށް ތާޢީދު ކުރާ ކަމަށާއި، އެހެންނަމަވެސް އެއީ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ، އެގައުމުން ކުރިވެސް ބުނަމުން އައިގޮތަށް އެގުޅުން ގާއިމް ވެގެންދާނީ، 1967ގެ އިންތަކާއި އެއްގޮތަށް ފަލަސްތީނާއެކީ ސުލްހަވުމަށް އިޒްރާއީލުން އެއްބަސްވުމުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.