ހޮޅުދޫގެ މަގުތަށް ހެދުމުގެ މަސައްކަތުގެ ސާވޭ ފަށައިފި

ހޮޅުދޫގެ މަގުތަށް ހެދުމުގެ މަސައްކަތުގެ ސާވޭ ފަށައިފި

Author
ޢަލީ އާދަމް
14 ޑިސެމްބަރ 2022 12:23
0

ޒަމާނީ ފެންވަރަށް ނ.ހޮޅުދޫގެ މަގުތަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެކުރިން ކުރާ ސާވޭ ފަށައިފިއެވެ.

މި މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ހޮޅުދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިން މިނިސްޓްރީން އާރުޑިސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުއެވެ.

އާރުޑީސީން ވިދާޅުވެފައިވަނީ މިމަސައްކަތުގެ ސަރވޭގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށާ، މަސައްކަތަށް ބޭނުންވާ ސައިޓް މޮބިލައިޒްކޮށް މަގުހެދުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް އާރުޑީސީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. މަގުހެދުމުގެ މަސައްކަތުގެ ދަށުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިމަސައްކަތަކީ 1 އަހަރާއި 3 މަސް ދުވަހުން ނިންމާގޮތަށް ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.