އަލްގައިދާ ގޮފީގެ އިސް ލީޑަރަކަށް އައްޔަން ކުރެވުނު އަބޫ އުބައިދާ ޔޫސުފް އަލް-އަންނަބީ

އަލްގައިދާގެ ނޯތު އެފްރިކާ ސަރަހައްދަށް އާ ލީޑަރަކު އައްޔަން ކޮށްފި

އަލްގައިދާގެ ނޯތު އެފްރިކާ ސަރަހައްދަށް އާ ލީޑަރަކު އައްޔަން ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

މަޢުރިބް ކަރައިގެ އަލްގައިދާ ގޮފި، “އަލްގައިދާ އިން ދަ އިސްލާމިކް މަޢުރިބް (އަޤީމް)” އިން އެގޮފީގެ އާލީޑަރަކަށް އަބޫ އުބައިދާ ޔޫސުފް އަލް-އަންނަބީ އައްޔަން ކޮށްފި ކަމަށް، މިޖަމާއަތުގެ ހަރަކާތްތައް މޮނިޓާރ ކުރާ ވެބްސައިޓުން ހާމަކޮށްފިއެވެ. އަލް-އަންނަބީ އަލްގައިދާ ގޮފީގެ އިސް ލީޑަރަަކަށް އައްޔަން ކޮށްފައިވަނީ، އެގޮފީގެ ލީޑަރު އަބްދުލް މާލިކް ޑްރޫޚްޑިލް ފާއިތުވެދިޔަ ޖޫން މަހު ފްރާންސްގެ ސިފައިންގެ ހަމައެއްގައި މަރާލެވިފައިވާތީ އޭނާގެ ބަދަލުގައެވެ.

އަލް-އަންނަބީ އަކީ އަލްޖީރިއާގެ ރައްޔިތެކެވެ. މި ވެބްސައިޓުން ހާމަ ކޮށްފައިވާ ގޮތުގައި، އަލް-އަންނަބީ މިހާތަނަށް ހުންނެވީ އަލްޤައިމްގެ “ޑިގްނަޓަރީސް ކައުންސިލް”ގެ ރައީސްކަމުގެ މަގާމުގައެވެ.

ހޮނިހިރު ދުވަހު އަޤީމުން ވަނީ ފުރަތަމަ ފަހަރަށް އެ ގޮފީގެ ލީޑަރުގެ ހަށިގަޑު ފެންނަ ވީޑިއޯވެސް އާންމު ކޮށްފައެވެ.

އަޤީމް ގޮފީގެ ލީޑަރުކަމަށް އައްޔަން ކުރެވުނު އަލް-އަންނަބީ އަކީ 2015 ވަނަ އަހަރުން ފެށިގެން އެމެރިކާގެ “އިންޓަރނޭޝަނަލް ޓެރަރިސްޓުންގެ” ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އަލް-އަންނަބީ ވަނީ ތަފާތު އެތައް ފަހަރެއްގެ މަތިން އަޤީމްގެ ޕްރޮޕަގެންޑާ ވީޑިއޯތަކުގައި ފެނިފައެވެ. އަދި އޭނާ ވަނީ 2013 ވަނަ އަހަރު، ފްރާންސުން މާލީގައި ހަރަކާތަތެރިވާން ފެށުމާއި ގުޅިގެން ފްރާންސްގެ ސިފައިންނާ ދެކޮޅަށް މުސްލިމުން ތެދުވުމަށް ގޮވާލާފައެވެ.

މީގެ ކުރިން އަލްޤައިމްއިން ވަނީ، މީގެ 4 އަހަރު ކުރިން 2016 ވަނަ އަހަރު އަލްގައިދާގެ ހަގުރާމަވެރިން މާލީގައި ކިޑްނެޕްކުރި ސްވިޒަލޭންޑްގެ ކުރިސްޓިއަން މިޝަނަރީއެއްގެ އަންހެނެއް ކަމުގައިވާ ބެޓްރީސް ސްޓޮކްލީ މަރުވެފައިވާކަން ޔަގީން ކޮށްދީފައެވެ. މިޖަމާއަތުން ފަހުން ވަނީ އޭނާގެ މަރުގެ ޒިންމާ، ފްރާންސްގެ ސިފައިން އޭނާ ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންއާއި މަތި ކޮށްފައެވެ.

އަލްޤައިމް އުފެދިގެން އައީ 1990 ވަނަ އަހަރު ހަގުރާމަވެރި ހަރަކާތްތައް ހިންގަމުން އައި އަލްޖީރިއާއަށް ނިސްބަތްވާ ގުރޫޕެއްގެ ތެރެއިންނެވެ. އަދި އެއަށްފަހު މި ޖަމާއަތުންވަނީ 2007 ވަނަ އަހަރު އުސާމާ ބިންލާދިންގެ އަލްގައިދާ ނެޓްވޯކާއި ބައިއަތު ހިފާފައެވެ.

މި ގްރޫޕުން ވަނީ ސަހެލް (ސަބް ސަހާރާން އެފްރިކާއާއި މެދުއިރުމައްޗާއި ދެމެދަށް ފެތުރިފައި އޮންނަ ސަރަހައްދެއް)ގައި ހަރަކާތްތެރިވާ ސިފައިނާއި އަދި އާންމުންނަށް އަމާޒުކޮށްވެސް އެތަކެއް ހަމަލާތަކެއް ދީފައެވެ. 2016 ވަނަ އަހަރު މި ގްރޫޕުން ވަނީ ވެސްޓް އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރުކިނާ ފަސޯގެ ހޮޓަލަކާއި ރެސްޓޯރަންޓަކަށް ހަމަލާދީ 30 މީހަކު މަރާލާފައެވެ. މީގެތެރޭގއި ގިނައީ ހުޅަގުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ފްރާންސުން ވަނީ މިސަރަހައްދުގައި ސުލްހަ ބެލެހެއްޓުމަށް 5000 ސިފައިންގެ ފައުޖެއް ހަރަކާތްތެރި ކުރުވަން ފަށާފައެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.