އަޝްރަފަށް ތުހުމަތުކުރާ މައްސަލާގައި ސަރުކާރުން ވިދާޅުވީ، މަޤާމަށް އައްޔަންކުރަނީ ކުށުގެ ރެކޯޑް ބަލާފައިކަމަށް

އަޝްރަފަށް ތުހުމަތުކުރާ މައްސަލާގައި ސަރުކާރުން ވިދާޅުވީ، މަޤާމަށް އައްޔަންކުރަނީ ކުށުގެ ރެކޯޑް ބަލާފައިކަމަށް

ގުޅުންހުރި

ހޯމް މިނިސްޓަރުގެ ނާއިބަކަށް އިއްޔެ ރައީސް އައްޔަންކުރެއްވި އަޝްރަފް ޢަލީގެ ބަދުއަޚްލާގީ މައްސަލައެއް އުޅޭނަމަ އެކަން ބަލާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އިއްޔެ ހޯމް މިނިސްޓަރުގެ ނާއިބަކަށް އައްޔަންކުރެއްވުމުން، ސޯޝަލް މީޑިއާގައި ވަނީ އަޝްރަފް އިތުރު ފިރިހެނަކާއެކު ގުޅުން ހިންގާކަމަށް ތުހުމަތުކުރާ ފޮޓޯއެއް ދައުރުވާން ފަށާފައެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން، މިއުވާން ވިދާޅުވީ ދައުލަތުގެ މަގާމުތަކަށް އައްޔަންކުރުމުގެ ކުރިން އެބޭފުޅެއްގެ ކުށުގެ ރެކޯޑްބަލާކަމަށެވެ. އަދި އެއްވެސް ކުށެއް އޮތްނަމަ އެބޭފުޅަކު ދައުލަތުގެ އެއްވެސް މަޤާމަކަށް އައްޔަންނުކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް އުޅޭނަމަ ބަލާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އަޝްރަފް އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރާ ފޮޓޯއާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި އަދި އަޝްރަފަށްވެސް ފާޑުކިޔަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް އަޝްރަފް ވަނީ ދޮގުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.