ޖެނުއަރީ މަހުން ފެށިގެން ޓެކްސް ނަގާ މިންވަރަށް އަންނަ ބަދަލަށް އަހުލުވެރިވެ ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާއިން) ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފިއެވެ.
ޓެކްހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއްނަމަ، 1 ޖެނުއަރީ 2023ގެ 00:00 ގެ ކުރިން މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންޖެހެނީ ޓޫރިޒަމް ދާއިރާނަމަ %12 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ %6ގެ ރޭޓުންނެވެ. އަދި 1 ޖަނަވަރީ 2023ގެ 00:00 ގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންޖެހޭނީ ޓޫރިޒަމް ދާއިރާނަމަ %16 ، ޓޫރިޒަމް ދާއިރާ ނޫންނަމަ 8%ގެ ރޭޓުންނެވެ. މިކަން ހަނދާންކޮށްދިނުމުގެގޮތުން މީރާއިންވަނީ އިލްތިމާސްކޮށްފައެވެ.
އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ގެނައި އިޞްލާހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީކުރެއްވީ އިއްޔެއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މަޖިލީހުން ގެނައި އެ އިޞްލާހު ރައީސް ތަސްދީޤްކުރެއްވުމުން ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާޢިއުކޮށްފައެވެ.
މި އިޞްލާހު ރައީސް ތަސްދީްްކުރެއްވުމާއި ގުޅިގެން އިޤްތިޞާދީ ދަތިކަމާއެކުވެސް ރައްޔިތުން ދައްކާ ޓެކްސް ބޮޑުވެގެން ދިޔައީއެވެ. އގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، މިހާތަަށް %6ގައި ހުރި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) %8އަށް ބޮޑު ވާނެއެވެ. އަދި މިހާތަނަށް %12ގައި ހުރި ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) %16އަށް ބޮޑުވާނެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
މިބިލާ ދެކޮޅަށް އިިކޮޅު ފަރާތްތަކުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންވެސް މިބިލާ ދެކޮޅެވެ.