އިންޑިއާގެ މަޝްހޫރި ކޮމީޑިއަން ބާރުތީ ސިންގއާއި އޭނާގެ ފިރިމީހާ ލިމްބަޗިޔާ

ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިގެން އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރުތީ ސިން ހައްޔަރު ކޮށްފި

ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނިގެން އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރުތީ ސިން ހައްޔަރު ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ހެއްވާ މަޖާ ރޯލު ކުޅުމަށް މަޝްހޫރު އިންޑިޔާގެ ކޮމީޑިއަން ބާރުތީ ސިންގ، އޭނާ ދިރިއުޅޭ ގެއިން މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ފެނުމާއި ގުޅިގެން ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންބީސީ) އިން ހާމަ ކޮށްފައިވާ ގޮތުގައި، ބާރުތީ ސިންގް އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުްންދާ ގެއިން ވަނީ 86.5 ގްރާމްގެ މަސްތުވާތަކެތި ފެނިފައެވެ. ބާރުތީ ސިންގގެ ފިރިމީހާއަކީ މަޝްހޫރު ސްކްރީން ރައިޓަރ ހާޝް ލިމްބަޗިޔާއެވެ. މި ދެމަފިރިންނަކީ، އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯއެއް ކަމުގައިވާ ‘އިންޑީއާސް ބެސްޓް ޑާންސަރ” ހުށަހަޅަމުންދާ ޕެއަރއެވެ.

ފުލުހުން މިދެތަރިންގެ ގެ ބަލާ ފާސްކޮށްފައިވަނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ގާވާއިދާ ޚިލާފަށް މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރުމާއި ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވި ކުރެވެމުންދާ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީއާއި ގުޅޭ މިތަހުގީގު ފެށިފައި ވަނީ، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސުޝާން ސިންގ ދަންޖެހި މަރުވުމާއި ގުޅިގެން އުފެދުނު ތުހުމަތުތަކުގެ ތެރެއިން ހިންގުނު ތަހުގީގީ ހޯދުންތަކާއި ގުޅިގެންނެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިގި މިހާދިސާއާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީއާއި އަދި ޓީވީ ޝޯތައް ހުށަހެޅުމަށް މަޝްހޫރު އެތަކެއް ތަރީން ދިރިއުޅޭ ގެތައް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.

ސުޝާން ސިންގ. 43، މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ފްލެޓުގައި މިއަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ.

އޭރު ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމުގައެވެ.

“ބާރުތީ ސިންގްއާއި އޭނާގެ ފިރިމީގާ ހައްޔަރު ކުރެވިފައިވަނީ އެދެމީހުން ދިރިއުޅޭގެއިން މަސްތުވާތަކެތީގެ ބާވަތެއް ފެނުމާއި ގުޅިގެން ސުވާލުކުރުމަށްޓަކާ” އިންވެސްޓިގޭޝަން ޓީމުގެ އިސް އޮފިސަރެއް ކަމުގައިވާ ސަމީރު ވޭންޚެޑް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ބައެއް ނޫސްތަކުން މައުލޫމާތު ދޭގޮތުގައި ބާރުތީ ސިންގް މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، ސުޝާންތުގެ މަރުގެ މައްސަލާގައި ހިންގަމުން އަންނަ ތަހުގީގެތެރެއިން މަސްތުވާތަކެތީގެ ވިޔަފާރު ކުރާމީހެއްގެ ފަރާތަކުން ލިބުނު މައުލޫމާތުތަކުގެ ތެރެއިންނެވެ.

މިމައްސަލާގައި، ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމަށް ގެއިން ނިކުންނަމުން ބާރުތީ ސިންގް ބުނެފައިވަނީ، “އެމީހުން އަހަރުމެން މިގެންދަނީ ހަމައެކަނި ސުވާލު ކުރުމަށް، އެނޫން އެހެން އެއްވެސް ކަމަކު ނޫން” ކަމުގައެވެ.

ދާދިފަހުން ބޮލީވުޑްގެ އިތުރު އެކްޓަރުން ކަމުގައިވާ ދީޕިކާ ޕަޑޫކޯން އާއި، ރާކުލްޕްރީޓް ސިންގް އާއި އަދި ޝްރަދާ ކަޕޫރުއާއިވެސް ފުލުހުން ވަނީ މަތަހުގީތަކާއި ގުޅިގެން ސުވާލު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.