"ބޭޅިޔާ"ގެ ޓީޒާއެއް

"ބޭޅިޔާ"ގެ ޓީޒާއެއް

ވަރަށް ތަފާތު ކެރެކްޓަރ އަކުން ވަރުން ދަވަން ފެނިގެންދާ ފިލްްމު "ބޭޅިޔާ"ގެ ޓީޒާއެއް ދައްކާލައިފިއެވެ.

މި ފިލްމުގައި ވަރުން އާއި އެކުގައި ފެނިގެންދާނީ ކްރިތީ ސެނޮންއެވެ.

މިއީ އަމަރު ކޯޝިކް ލިޔެ ޑައިރެކްޓްކުރާ ހޮރޯ ކޮމެޑީއެކެވެ. އޭނާ އަކީ 2018ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ ކޮމެޑީ "ސްތިރީ" ގެނެސްދިން ޑައިރެކްޓަރެވެ. އަމަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019ގެ "ބާލާ" އެވެ.

ފިލްމް "ބޭޅިޔާ" އިން ވަރުން އާއާއެކު ފެނިގެން ދާނީ ކިރްތީ ސެނޮންއެވެ. މި ދެތަރިން މީގެކުރިން ވެސް އެކުގައި ފިލްމަކުން ފެނިގެން ގޮސްފައި ވެއެވެ. އެއީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ.

ފިލްމުގެ ޕޯސްޓަރެއް މިހާރު ދައްކާލައިފާ ވާއިރު މި ފިލްމު ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2022 ގައެވެ.

މިއީ ވަރުން މިކަހަލަ ރޯލަކުން ފެނިގެން ދާ ފުރަތަމަ ފަހަރެވެ. ޕޯސްޓަރުގައި ވަރުން ފެންނަނީ ހިޔަޅެއްގެ ދެލޮލާއެކު ވަރަށް ތަފާތު ގޮތަކަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ނެރުމަށް މީގެކުރިން ނިންމާފައި އޮތް މި ފިލްމު މި އަހަރުގެ ފަހުކޮޅަށް ބަދަލުކުރީ ފިލްމުގައި ދައްކުވައިދޭ ބޮޑެތި ވީއެފްއެކްސް މަސައްކަތްތަކުގެ ސަބަބުންނެވެ. މި ފިލްމުގެ ވިޝުއަލް އިފެކްޓްގެ މަސައްކަތް ކުރަނީ ހޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއްގެ ވީއެފްއެކްސް މަސައްކަތް ކޮށްފައިވާ މަޝްހޫރު މޫވިންގ ޕިކްޗާސް ކޮމްޕެނީ އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.