ބަރަހަނާވި ޔާޔާ ނަބީލް އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބަރަހަނާވި ޔާޔާ ނަބީލް އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ގުޅުންހުރި

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީސް މީޑިއާ ޕްލެޓް ފޯމެއްކަމުގައިވާ ޓިކްޓޮކްގައި ބަރަހާވި މައްސަލާގައި ދައުތަކުން ނަބީލްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ހެދުމުގެ ދައުވާއާއި ގެންގުޅުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް މިއަދު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ، މި ދެދައުވާއަށްވެސް އޭނާ އިންކާރު ކޮށްފައިވިނަމަވެސް، ދައުލަތުން އޭނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަކީ އޭނާގެ މައްޗަށް މި ދައުވާތައް އެއްވެސް ޝައްކެއް ނެތް މިންވަަރަށް ސާބިތުވާ ހެކިތަކާއި ގަރީނާތައް ކަމުގައެވެ.

ދެ ދައުވާގެ ތެރެއިން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާގައި އާނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާގެ މައްޗަށް ކޮށްފައިވަނީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ޔާޔާ ނަބީލް ހައްޔަރުކޮށް މުއްދަތު ޖެހުމަށް އެންމެ ފުރަތަމަ ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަނީ ބަރަހަނާ ވީޑިއޯ ހަދާފައިނުވާނެކަމަށް ބުނެފައެވެ. އޭރު އޭނާ ބުނެފައިވަނީ ޓިކްޓޮކަށް 3 މިނެޓްގެ ވީޑިއޯއެއް ލާފައިނުވާނެކަމަށާއި، ލެވުނީ 60 ސިކުންތުގެ ވީޑިއޯއެއްކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު ބޭނުންކޮށްގެން ކުރި ކަމެއްކަމަށްވެސް ނަބީލް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.