ހިފާފައިވާ ޔޫކުރެިންގެ ސަރަހައްދުތަކުގައި، ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

ހިފާފައިވާ ޔޫކުރެިންގެ ސަރަހައްދުތަކުގައި، ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިތާ 7 މަސްފަހުން، ހިފާފައިވާ ސަރަހައްދު ތަކުގައި، އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުން ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމުގެ ނަމުގައި، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަ ޖެހިފައިވާކަން ކުއްލިއަކަށް އިއުލާން ކޮށްފިއެވެ.

ފާއިތިވެދިޔަ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ޔޫކުރެއިންގެ އިރު އުތުރުގައި ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކުގެ ތެރެއިން ބޮޑުބައެއް ޔޫކުރެއިން ވަނީ މިނިވަން ކޮށްފައެވެ. އަދި ފާއިތުވެދިޔަ މަސްތަކުގައި ރަޝިއާއަށްވަނީ ޔޫކުރެއިންގައި އެކަށީގެންވާވަރުގެ ކުރިއެރުމެއް ނުހޯދިފައެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކުރެއިން އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ތިބި ރަޝިއާއަށް ތާއީދުކުރާ އޮފިޝަލުން މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި، ރަޝިއާއާއި ގުޅެން ބޭނުންވޭތޯ ބެލުމަށް މި ސަރަހައްދު ތަކުގައި މި ހަފްތާއިން ފެށިގެން ވޯޓު ނެގުމަށް މިހާރުވަނީ ހަމަޖައްސާފައެވެ.

ރަޝިއާއިންވަނީ 2014ވަނަ އަހަރުން ފެށިގެން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢުން މިސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ މުޖުތަމަޢުން ދެކޭ ގޮތުގައި ރަޝިއާގެ މަގުސަދަކީ، މިހާރު ކުރިޔަށްދާ ހަގުރާމާގައި އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ރަބަރ ސްޓޭމްޕް ޖެހުމަށެވެ.

ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިމިޓްރީ މެޑްވެޑޭވް އަންގާރަދުވަހު ވިދާޅުވި ގޮތުގައި، ޑޮންބަސްގެ ނަމުން މުޚާތަބް ކުރެވޭ ޑޮނެސްކް އަދި ލުހާންސްކްގެ ސަރަހައްދުތަކުގައި އާންމު ފެންނެ ނުފެންނަ ވޯޓެއް ނެގިގެން ދިއުމުން "ތާރީޚީ ގޮތުން އަރާފައިވާ އޮޅުން" ރަގަޅު ކުރެވިގެން ދާނެއެވެ. އަދި މި ނިންމުމަމީ ދެން ބަދަލު އަންނާނޭ ނިންމުނެއް ނޫންކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޔޫކުރެއިންއިން ވަކިވެގަނެގެން އުޅޭ، ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދޭ ޑޮނެސްކް އަދި ލުހާންސްކުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މި ސެޕްޓެމްބަރުމަހުގެ 23 އިން 27އަށް މި ސަރަަހައްދުތަކުގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެރަހައްދަކީ ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިއިރު، އެއީ މިނިވަން ދެ ދައުލަތްކަމަށް ރަޝިއާއިން ބަލއިގެންފައިވާ ދެރަހައްދުވެސްމެއެވެ.

މީގެ އިތުރުން ޔޫކުރެއިން ދެކުނުން ރަޝިއާއިން ހިފާފައިވާ ޚާސަން ރީގަންގައިވެސް މިފަދަ ވޯޓެއް ނެގުމަށް މިހާރު ނިންމާފައިވާކަމަށް އެ ސަރަހައްދުގައި ރަޝިއާއިން އައްޔަން ކޮށްފައިތިބި އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ހަމަ އެފަދައިން ރަޝިއާއިން ހިފާފައިވާ ޒެޕޮރިޒްހިއާގައި ތިބި، ރަޝިއާއިން އައްޔަންކޮށްފައިވާ އޮފިޝަލުން ވަނި އެސަރަހައްދުގައިވެސް މިފަދަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވާކަމުގައެވެ.

ފާއިތުވެދިޔަ މަސްތަކުގައިވެސް ރަޝިއާއިންވަނީ އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގައި މިފަދަ ވޯޓުތައް ނެގުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ވޯޓުތައް މިހާތަނަށް ނެގިފައި ނުވަނީ ހިގަމުންދާ ހަގުރާމައިގެ ސަބަބުންނެވެ.

އަދި ޔޫކުރެއިންއިން ދެމުންދާ ކައުންޓަރ ހަމަލާތަކުގެ ސަބަބުން މިފަދަ ވޯޓެއް ނެގުންވަނީ އިތުރަށް އުދަގޫކަމަކަށް ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.