ޓެކްސް ބޮޑުކުރުމަށް ނަޝީދު ތާޢީދު ކުރައްވާކަން ހާމަކުރައްވައިފި

ޓެކްސް ބޮޑުކުރުމަށް ނަޝީދު ތާޢީދު ކުރައްވާކަން ހާމަކުރައްވައިފި

ސަރުކާރުން ބޭނުންވާގޮތަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ތޢީދުކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

އައްޑޫގައި އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިފަދައިން ހާމަކުރެއްވީ، ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވަކާލާތުކުރެއްވުމަށް މީހަކު އެދުމާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން އެގޮތަށް އެކަން ކުރެވެން ނެތްކަމަށާއި، ދަރަނި ބޮޑުވުމަށްވުރެ ދަރަނި އަނބުރާ ދައްކަންވާއިރަށް ފައިސާ ނެތުން މާނުރައްކާތެރިކަމަށެވެ.

އެގޮތަށް ވެއްޖެނަމަ ބަނގުރޫޓްވުމުގެބިރު އެބައޮތްކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ މުހިންމުކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝިދު މިހެން ވިދާޅުވިއިރު، ސަރުކާރުގެ ފަރާތުން ވަނީ  ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި ބިލު ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

ފިނޭންސް މިނިސްޓްރީންވެސް ބުނެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއަށް ޓެކްސް ނިޒާމް ތަޢާރަފްކުރެއްވީވެސް ރައީސް ނަޝިދުގެ ވެރިކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. މިއަންނިސޮރު އަބަދުވެސް އުޅޭނެ ރަށްޔިތުން ފެލާގެން ޓެކުސް ބޮޑުކުރަން އަންނިއަކީ ރަށްޔިތުންނަށް ހެޔޮއެދޭ މީހެއްނޫން ވަރަށް ވަރަށް ސާފް

  2. އަންނިިގެެ މަކަރުވެރިކަމުންް ރޭވުންތެރިކަމާއިއެކުު ދިވެހިންނިކަމެތިކުރުމައްޓަކައިި ހީލަތްތެރިރޭވުންތައްް ކޮންމެދުވަހަކުވެސްް ހިންގާތަންފެނޭޭ

Leave a Reply

Your email address will not be published. Required fields are marked *