2017 ވަނަ އަހަރު، އޭރުގެ ރައީސް ބަރަކް އޮބާމާ އަދި މިޝެލް އޮބާމާ، އިންތިޚާބީ ރައީސް ޓްރަމްޕް އަދި އަބިކަބަލުން މެލާނިއާއާއެކު

ރުޅިވެރިކަމާ ދުރަށްގޮސް، ސުލްހަވެރި އިންތިގާލީ މަރުހަލާއަކަށް ފުރުސަތު ދެއްވިގޮތް މިޝެލް އޮބާމާ ކިޔައި ދެއްވައިފި

ރުޅިވެރިކަމާ ދުރަށްގޮސް، ސުލްހަވެރި އިންތިގާލީ މަރުހަލާއަކަށް ފުރުސަތު ދެއްވިގޮތް މިޝެލް އޮބާމާ ކިޔައި ދެއްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ވަކިވެ ދިއުމަކީ އުދަގޫ ކަމެއްކަމުގައި ވިދާޅުވެ، އެހެންނަމަވެސް މިއަދު އެމެރިކާގެ ރައީސްއާއި އަދި މެލާނިއާ ޓްރަމްޕްވެސް ހުންނެވީ މީގެ 4 އަހަރުކުރިން އެކަމަނާއާއި ފިރިކަލުން އަދި އޭރުގެ ރައީސް ބަރަކް އޮބާމާވެސް ހުންނެވި މަގާމުގައި ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަބިކަބަލުން މިޝެލް އޮބާމާ ޓަރަމްޕާއި ފަސްޓް ލޭޑީ ބަލި ގަބޫލުކޮށް މަގާމުން ދުރަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންދާ ދިއުމާއި ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

“އެއީ ހިތާމަވެރި އަދި ހިތްދަތި ވަގުތެއް. އެހެންނަމަވެސް ވޯޓު ގުނާ ނިމިއްޖެ، ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި.” މިޝެލް އޮބާމާ އެކަމަނާގެ އިންސްޓަގްރާމް އެކައުންޓުގައި ލިޔުއްވާފައި ވެއެވެ. “އަހަރެންނާ އަހަރެންގެ ފިރިމީހާ ހުރިހާ މުވައްޒަފުންނަށް އިރުޝާދު ދިނީ، އޭގެ 4 އަހަރު ކުރިން ޖޯޖް ބުޝްއާއި ލައުރާ ބުޝް އަހަރުމެންނަށް ދިން ފުރުސަތު ޓްރަމްޕާއި މެލާނިއާއަށް ފަހި ކޮށްދިނުމަށް. އަހަރުމެން ހުރިހާ މުވައްޒަފުންނަށްވެސް އެންގީ، ސުލްހަވެރި، ދެކޮޅުވެރިކަމެއް ނެތް އިންތިގާލީ މަރުހަލާއަކަށް ފުރުސަރު ދިނުމަށް. އެއީ އެމެރިކާގެ ޑިމޮކްރަސީގެ ހަގީގީ ރަމްޒު ކަމުގައި ވާތީ.” މިޝެލް އޮބާމާ ލިޔުއްވާފައި ވެއެވެ.

މިޝެލް އޮބާމާ އިތުރަށް ވިދާޅުވި ގޮތުގައި އެކަމަނާއާއި ފިރިކަލުން ބަރަކް އޮބާމާ، ޓްރަމްޕްގެ ސަރުކާރުގައި ވަޒީފާ އަދާކުރަން ތައްޔާރުވެ ތިބި ހުރިހާ މުވައްޒަފުންނަށް އޮބާމާގެ އޮފީހަށް ދައުވަތު ދެއްވިކަމަށެވެ. އަދި އެކަމަނާއާއި އޮބާމާގެ ސްޓާފުންގެ ފަރާރުން، އެމީހުންގެ ތަޖުރިބާތައް ހިއްސާކުރިކަމަށާއި އަދި، މީގެއިތރުުންވެސް، ވައިޓްހައުސްގެ މަސައްކަތްތަކާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ޓްރަމްޕްގެ މުވައްޒަފުންނަށް އެރުވި ކަމަށެވެ.

“މިއިން އެއްވެސް ކަމަކީ އޭރު ކުރަން ފަސޭހަވެގެން ކުރި ކަމެއް ނޫން. ޑޮނަލްޑް ޓްރަމްޕް ވަނީ އަހަރެންނާ އަހަރެންގެ އާއިލާއާއި ގުޅޭގޮތުން ވަރަށް ހަޑި ހުތުރު ވާހަކަ ދައްކާފަ. އެއީ އަހަރެން ދުވަހަކުވެސް މާފްކުރަން އޭރު ބޭނުންވީ ކަމެއްވެސް ނޫން.” މިޝެލް އޮބާމާ ލިޔުއްވާފައި ވެއެވެ.

އެމެރިކާގައި މިއަހަރު ބޭއްވުނު ރިޔާސީ އިންޔިޚާބަށް ފަހު، ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯ ބައިޑްން ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވި ނަމަވެސް، ރަސްމީގޮތުން އަދިވެސް އިންތިގާލީ މަރުހަލާ ފެށިފައެއް ނުވެއެވެ. އިންތިގާލީ މަރުހަލާ ފެށިފައިނުވަނީ ޓްރަމްޕް އިންތިޚާބުގެ ނަތީޖާ ގަބޫލުރެއްވުމަށް ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.

އެމެރިކާގެ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން އަދިވެސް ޖޯ ބައިޑްއަކީ އިންތިޚާބީ ރައީސްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. މި އޭޖެންސީއަކީ އިންތިގާލީ މަރުހަލާގެ ކަންކަން ހަމަޖެއްސުމާބެހޭ ހުރިހާ ޒިންމާއެއް ހަވާލުވެފައި އޮންނަ އޭޖެންސީއެވެ. މިގޮތުން ޖީއެސްއޭ އިން އަދިވެސް ޖޯ ބައިޑްން އިންތިޚާބު ކާމިޔާބު ކޮށްފައިވާކަމަށް ބަލައިގެންފައި ނުވާތީ، ބައިޑްންގެ އިންތިގާލީ ޓީމަށް ލިބެންޖެހޭ މުހިންމެ އެތަކެއް ޑާޓާތަކާއި މައުލޫމާތުތަކެއް ލިބުމުގައިވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތި ވެފައެވެ.

މިޝެލް އޮބާމާ އެކަމަނާގެ އިންސްޓްގްރާމް އެކައުންޓުގައި އިތުރަށް ވިދާޅުވީ “ރުޅިވެރިކަން އެއްކައިރިކޮށް، ޓަރަމްޕްގެ ދެކަބަލުންނަށް މަރުހަބާ ވިދާޅުވެވުނީ، ވިސްނުމާއި ހިތްވަރު އިސްކޮށްގެން” ނެވެ. އަދި ވިދާޅުވީ އެކަމަނާ އެންމެފަހުން ޓަރަމްޕްގެ އަބިކަބަލުންނަށް ވައިޓްހައުސްއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ، ވައިޓް ހައުސްގައި މެލާނިއާއާއި ބައްދަލުވެސް ކުރެއްވި ކަމުގައެވެ.

މިޝެލް އޮބާމާ ވިދާޅުވި ގޮތުގައި ވައިޓް ހައުސްއަށް ވަޑައިގަތުމަށްފަހު ސެއިރިޓީ ވަރުގަދަ ވެގެން ދިއުމާއި ގުޅިގެން އެކަން ކުޑަކުއްޖަކު ބެހެއްޓުމާއި އެއްވަރުކޮށް މެލާނިއާ އެކަމަނާއާއި ސުވާލު ކުރިމަކަމަށެވެ.

އެހެންނަމެވެސް، މިއަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އަދި މިހާތަނަށް، އިންތިޚާބީ ރައީސް ބައިޑްންގެ އަބިކަބަލުން ޖިލް ބައިޑްން ވައިޓް ހައުސްއަށް ވަޑައިގަތުމަށް މެލާނިއާ ޓްރަމްޕް ދައުވަތު ދެއްވާފައެއް ނުވެއެވެ. އިންތިޚާބީ ރައީސްގެ އަބިކަބަލުންނަށް ދައުވަތު ދެއްވުމަކީ އިންތިގާލީ މަރުހަލާގެ ސަގާފަތެއްގެ ގޮތުގައި އަބަދުވެސް އެމެރިކާގައި ކުރެވޭ ކަމެކެވެ.

މިޝްލް އޮބާމާ ވަނީ އިންތިގާލީ މަރުހަލާއަށް އަމަލް ނުކޮށް ލަސްކުރުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި ވިދާޅުވީ، ޑިމޮކްރަޓިކް ޓްރާންސިޝަން އަކަށް ފުރުސަތު ނުދިނުމުން ބުރޫ އަރާނީ ހަމައެކަނި އެމެރިކާގެ ގައުމީ ސަލާމަތަށް ނޫން ކަމަށާއި، އޭގެ ސަބަބުން އެމެރިކާގެ ސިޔާސީ މަސްރަހުގެ އަމާންކަންވެސް ގެއްލިގެން ދާނެކަމަށެވެ. އަދި ވިދާޅުވީ އިންތިގާލީ މަރުހަލާއަކީ “ކުޅޭ ކުޅޭ” ކަމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

“އަހަރުމެންގެ ޑިމޮކްރަސީއަކީ ވަކި ފަރުދެއްގެ ޒާތީ ޖަޒްބާތައްވުރެ މާބޮޑު އެއްޗަކަށް ވާންވާނެ.” އެކަމަނާ ލިޔުއްވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.