ދެ ހަފްތާތެރޭގައި އައްޔަން ކުރެވުނު ޕެރޫގެ 2 ވަނަ ރައީސް ސަގަސްޓި

ޕެރޫގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައި، ރައްޔިތުން ކެތްތެރިވެ ތިބުމަށް ގޮވާލައްވައިފި

ޕެރޫގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައި، ރައްޔިތުން ކެތްތެރިވެ ތިބުމަށް ގޮވާލައްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ފާއިތުވި 2 ހަފްތާ ތެރޭގައި 2 ރައީސުން މަގާމުން ވަކިވެ ދިއުމަށްފަހު، އަލަށް އައްޔަންކުރެވުނު ރައީސް ފްރެންސިސްކޯ ސަގަސްޓި ޕެރޫގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ސަގަސްޓި މަގާމުގެ ހުވާ ކުރައްވާފައިވަނީ މިފަހްތާގެ އަންގާރަ ދުވަހުއެވެ. ސަގަސްޓި ޕެރޫގެ ރައީސްކަމަށް އައްޔަންކޮށްފައިވަނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓަކަށްފަހު، ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީގެ ތާޢީދާ އެކީއެވެ.

ސަގަސްޓި ޕެރޫގެ އިންތިގާލީ ރައީސްކަމާއި މި ހަވާޅުވެވަޑައިގަތީ، އެގައުމުގެ ރައީސްގެ މައްޗަަށް ރިޝްވަތުގެ ތުހުމަތުކޮށް ގާނޫނު ހަދާ މަޖިލީހުން އޭނާ މަގާމުން ދުރުކުރުމަށްފަހު، ވެރިކަމަށް އިސްކުރި އިންތިގާލީ ރައީސް މެނޫލް މެރީނޯއާއި ދެކޮޅަށް ކުރެވުނު މަޒާހަރާ ތަކަށްފަހު އޭނާވެސް މަގާމުން އިސްއިތުފާ ދީފައި ވަނިކޮށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ސަގަސްޓި އަކީ ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އަދި އޭނާ ނިސްބަތްވަނީ މެދުމިނުގެ ވިސްނުމަށް ތާއިދާކުރާ ޕާޕްލް ޕާޓީއަށެވެ. ސަގަސްޓި ޕެރޫގެ ރައީސްކަމުގައި ދެމިހުންނަވާނީ، އަންނަ އަހަރުގެ ޖުލައިމަހާ ހަމައަށް، ރިޔާސީ އިންތިޚާބު ބާއްވާ އާރައީސް މަގާމުގެ ހުވާ ކުރެއްވުމާ ހަމައަށެވެ. ޕެރޫގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ.

ޕެރޫގައި ތާއީދު ބޮޑު ރައީސެއްގެ ގޮތުގައި ފާހަގަވެގެން ދިޔަ އެގައުމުގެ ކުރީގެ ރައީސް މީގެ 2 ހަފްތާކުރިން މަގާމުން ދުރުކުރެވުނީ ރިޝްވަތު ދިންކަމުގެ ތުހުމަތުގައެވެ. އަދި އޭމަގާމުން ދުރު ކުރުމަށްފަހު، ޕެރޫގެ ރައީސްކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މެނުއަލް މެރީނޯ އައްޔަން ކުރިއެެވެ. އެހެންނަމަވެސް، މަގާމަށް އިސްކުރެވުނުތާ ހަފްތާއެއްވެސް ނުވަނީސް މެރީނޯ ވަނީ އިސްތިއުފާ ދެއްވާފައެވެ.

މެރީނޯ އިސްތިއުފާ ދެއްވީ އޭނާ މަގާމުން އިސްތިއުފާދިނުމަށް މެދުނުކެޑި އެއްދުވަސް ވަންދެން ކުރެވުނު މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިގައި ދެމީހަކު މަރުވެ އެތައްބަޔަކަށް އަނިޔާ ވެފައި ފައިވަނިކޮށެވެ.

މެރީނޯ އިސްތިއުފާ ދެއްވުމުގެ ކުރިން ޕެރޫގެ ނުފޫޒުގަދަ އެތަކެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ، އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ނުކޮށް އޭނާ އިސްތިއުފާ ދިނުމަށް މެރީނޯއަށް ގޮވާލާފައެވެ. އަދި ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލުއިޒް ވެލްޑޭޒް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ރައްޔިތުންގެ އިހުސާސްތައް ގަބޫލުކޮށް މެރީނާ ވަގުތުން އިސްތިއުފާދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މެރީނޯ އިސްތިއުފާ ނުދެއްވައިފިނަމަ، ގާނޫނު ހަދާ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

މަގާމާހަވާލުވުމަށްފަހު ސަގަސްޓި ވަނީ ރައްޔިތުން ކެތްތެރިވެ ތިބުމަށް އެދިވަޑައިގެންފައެވެ. އަދި ވަނީ މުޒާހަރާތަކުގައި މަރުވެދި ދިޔަ 2 ޒުވާނުންނަށް އިހުތިރާމް އަދާކޮށްފައެވެ. ސަގަސްޓި ވިދާޅުވެފައިވަނީ މުޒާހަރާތަކުގައި މަރުވެދިޔަ 2 ޒުވާނުން އަބުރާ ނުގެނެވޭނެ ކަމަށާއި އެހެންނަމަވެސް، މިފަދަ ހިތާމަވެރި ހާދިސާއެއް ހިގައިދިއުން ހުއްޓުވޭނެ ކަމަށެވެ.

އުމުރުން 76 އަހަރުގެ، އިންޖިނިއަރިންގެ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ސަގަސްޓި އަކީ ކުރިން ވާލްޑް ބޭންކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަގާމާއި ހަވާލުވުމަށްފަހު އޭނާ ވިދާޅުވީ އޭނާގެ ކެބިނެޓުގައި މާގާމުން ދުރުކުރެވުނު ވިޒާރާގެ ސަރުކާރުގައި މަސައްކަތް ކުރެވި ބޭފުޅުންވެސް ހިމެނުއްވުމަށް ބޭނުންފުޅުވާ ކަމުގައެވެ. އަދި ހުރިހާވެސް އަމާޒަކީ އެގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުން ކަމުގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.